ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނަވާ އެމްޑީޕީ ޕްރައިމަރީ މާލޭ ކެމްޕެއިން ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފި އެވެ.
"ކުރިއަށް" ނަމުގައި ކުރިޔަށް ގެންދާ ކެމްޕައިނަގައި އެރޭ އޮންނާނީ މާލޭގައި ބާއްވާ ބޮޑު ޖަލްސާއެވެ، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައި އެވެ.
ރައީސްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެ ޖަލްސާ ފެށޭނީ އެރޭ8:30 ގައި ކަމަށެވެ. އެމަނިކުފާނަށް ސަޕޯޓު ކުރައްވާ ވީހާވެސް ގިނަ ބަޔަކު ދިއުމަށް އެދިވަޑައިގެންނަވާކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ޕްރައިމަރީގެ ފޯރި ގަދަވަމުން ދާއިރު ރައީސް މިވަގުތު ހުންނެވީ ކެމްޕެއިން ކުރުމަށް ބޮޑުތިލަދުން މައްޗަށް ވަޑައިގެންނެވެ. އިއްޔެ ހއ. ގެ ރަށްތަކަށް ވަޑައިގެންނެވި އިރު މިއަދު އެމަނިކުފާނު ވަޑައިގަންނަވާނީ ހދ. އަތޮޅުގެ ރަށްތަކަށެވެ.
އަދި މާދަމާ ދަތުރުފުޅު ނިންމަވާލައްވާނީ ށ. އަތޮޅުންނެވެ.
އެމްޑީޕީ ޕްރައިމަރީގަ ވާދަ ކުރައްވަނީ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި އިންތިހާބުގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް