އިންޑިއާގެ ސަރުކާރު ކޮލެޖެއްގެ މުސްލިމް ދަރިވަރުންތަކެއް ބުރުގާ އަޅާތީ ކްލާހަށް ނުވައްދާތާ މަހެއްވަނީ

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖެއްގެ ދަރިވަރުންތަކެއް ބުރުގާ އަޅާތީ ކްލާސް ރޫމަށް ނުވައްދާތާ މަހެއް ވާން ކައިރިވެއްޖެ އެވެ. މި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައީ އެކުދިން ކްލާހުން ބޭރުގ...

18 Jan 2022 | 11:45

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖެއްގެ ދަރިވަރުންތަކެއް ބުރުގާ އަޅާތީ ކްލާސް ރޫމަށް ނުވައްދާތާ މަހެއް ވާން ކައިރިވެއްޖެ އެވެ.

މި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައީ އެކުދިން ކްލާހުން ބޭރުގައި ސިޑިމަތީ އިށީނދެގެން ތިބޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މިހާރު މި މައްސަލަ ދަނީ ދުނިޔޭގެ މީޑިއާގެ ސަމާލު ކަމަށް އައިސްފަ އެވެ.

އެ ކުދިން މީޑިއާގައި ބުނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އެމީހުން ކްލާސްރޫމަށް ނުވައްދާ ކަމަށެވެ. ސަބަބެއް ކަމަށް ޓީޗަރުން އަންގަނީ ބުރުގާ އެޅުން ކަމަށާއި އެއީ ސްކޫލްގެ ޔުނިފޯމް ގަވައިދާ ހިލާފު ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި އެކުދިން ގޮތް ދޫނުކުރުމުން މިދިޔަ މަހުގެ31 ން ފެށިގެން އެ ދަރިވަރުން ކްލާހަށް ހާޒިރު ނުވާކަމަށް ރެޖިސްޓްރާގައި ޖަހަމުންދާ ކަމަށެވެ. ހަމައެކަނި އަންހެން ކުދިންނަށް ހާއްސަ އެ ކޮލެޖުގައި ކްލާހުން ބޭރުކޮށްފައިވަނީ ހަ މުސްލިމް ދަރިވަރުންނެވެ.

އެ ކުދިން ބުނީ ގޮތް ދޫނުކުރާނެ ކަމަށާއި ބުރުގާ އަޅާފައިވާ ދަރިވަރުން ކްލާސްރޫމަށް ވައްދަން ހުއްދަދެންދެން އެ ނިންމުމާއި ދެކޮޅަށް ވާހަކަދައްކާ ވަކާލާތު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް