ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް  ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު  16:00 ...

18 Jan 2022 | 11:11

މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް  ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު  16:00 އިން ފެށިގެން ހަވީރު 22:00 އާއި ހަމައަށެވެ.

މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި އެ ސަރަހައްދުތަކަށް ވައި ޖެހޭނޭކަމަށެވެ.

އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.

ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް