ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 26 ފުރުސަތު ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް ގުޅިގެން ހުޅުވާލައިފިއެވެ.
މީގެ ތެރޭގައި އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނެންސް، އޮޓޮމޯޓިވް މެއިންޓަނަންސް، ރީޓެއިލް ސާވިސަސް، މީޑިއާ ޕްރޮޑަކްޝަން، ފޮޓޯގްރަފީ އަދި ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްގެ ދާއިރާއިން ތަމްރީނުކުރުމަށް ޖުމްލަ 26 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
މި ފުރުސަތުތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު 23 ޖަނަވަރީ ގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، އެސްޓީއޯގެ ފަރާތުން ތަމްރީނުވާ ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުގައި މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑި އިރަކަށް 40 ރުފިޔާ ދިނުމަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށައަޅުއްވާނީ https://forms.gle/vkM2NHGbgjcx8pwF6 ލިންކު މެދުވެރިކޮށެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު 1456 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މަޢުލޫމާތު ސާފު ކުރެވޭނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ.
މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް