މިއީ މި ހަފްތާގެ އާދީއްތަ ދުވަހު މެލޭޝިޔާގެ ކުއަލާ ސެލަންގޯރުގައި ހިނގި ހާދިސާއެކެވެ.
އެ ސަރަހައްދުގެ ގެއެއްގައި ކަރު ބުރިކޮށްލާފައި އޮތް އުމުރުން 56 އަހަރުގެ އަންހެނަކު ފެނުނީ އެ އަންހެން މީހާގެ އަންހެން ދަރިއަށެވެ. އެ އަންހެން ދަރި އުޅެނީ މީހަކާ އިނދެގެން އެހެން ގެއެއްގައި ނަމަވެސް ކޮންމެ ދުވަހަކުވެސް މަންމަގެ ހާލު ބަލަން ގުޅާ ހަދައެވެ. އެ ދުވަހު އެ ގެެއަށް ދިޔައީ ގުޅާ ގުޅާވެސް ފޯނަށް ޖަވާބު ނުދިނުމުންނެވެ.
ފުލުހުން ސީނަށް ގޮސް ފެށި ތަހުގީގުން އެނގުނު ގޮތުގައި މަރާލާފައި އޮއްވާ ފެނުނު އަންހެން މީހާގެ ފިރިހެން ދަރިއަކު ލެއިން ތަތްތެޅިގެން ހުރެ، ގެއާއި ޖެހިގެން އޮތް ޖަންގައްޔެއްގެ ތެރެއަށް ވަދެގެންދިޔަތަން އަވައްްޓެރިއަކަށް ފެނުނެވެ.
މި މައްސަލައިގާ އުމުރުން 28 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ ޖަންގަލީގައި ފިލާ އޮއްވައެވެ. ހައްޔަރުކޮށް ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެތަމްފެޓަމިނާއި އެމްފެޓަމިނަށް ޕޮޒިޓިވް ވެފައިވާކަަމަށް ފުލުހުން ބުނެފައިވެއެވެ. އެ އޭނާގެ މަންމަގެ ކަރު ބުރިކޮށްލީ ފައިސާއަށް އެދުމުން ފައިސާ ދޭން މަންމަ ދެކޮޅު ހެދުމުންކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް