އައްލޫ އަރުޖޫން ކުޅެފައިވާ "ޕުޝްޕާ" ބޮލީވުޑް ލަދުގަންނަވާލައިފި

ބޮލީވުޑަކީ މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ބޮޑު، ބިޔަ ފިލްމު އިންޑަސްޓްރީ ކަމުގައި ބެލެވިދާނެއެވެ. ދިވެހިންނަށްވެސް ބޮލީވުޑް ތަރިންނަކީ ވަރަށް މަގުބޫލު ތަރިންނެވެ. ބޮލީވުޑް ފިލްމުތަކަކީ ދިވެހިން ޒ...

18 Jan 2022 | 07:43

ބޮލީވުޑަކީ މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ބޮޑު، ބިޔަ ފިލްމު އިންޑަސްޓްރީ ކަމުގައި ބެލެވިދާނެއެވެ.

ދިވެހިންނަށްވެސް ބޮލީވުޑް ތަރިންނަކީ ވަރަށް މަގުބޫލު ތަރިންނެވެ. ބޮލީވުޑް ފިލްމުތަކަކީ ދިވެހިން ޒަމާނުއްސުރެ ބަލަމުން އަންނަ ފިލްމުތަކެވެ.

އެހެންނަމަވެސް މި ފަހަކަށް އައިސް ކޮރެއަން ފިލްމުތަކާއި، އިންޑިއާގެ އަނެއް ފަޅި ކަމުގައިވާ ސައުތު އިންޑިއަން ފިލްމުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ.

އެގޮތުން ސައުތު އިންޑިއަން ބައެއް ފިލްމުތަކަކީ ބޮލީވުޑް ފިލްމުތަކަށްވެސް ގޮންޖަހާލާވަރުގެ ފިލްމުތެވެ. އެފަދަ ފިލްމުތަކުގެ ތެރޭގައި ބަހޫބަލީ، ކޭއެފްޖީ ފަދަ ފިލްމުތައް ހިމެނެއެވެ.

ހަމަ އެފަދަ އިތުރު ވަރުގަދަ ފިލްމެއް އަނެއްކާވެސް މިވަނީ ނިކުމެފައެވެ. އެއީ ސައުތު އިންޑިއަން އެކްޓަރު އައްލޫ އަރްޖޫން އެކްޓްކޮށްފައިވާ "ޕުޝްޕާ" އެވެ.

https://www.youtube.com/watch?v=pKctjlxbFDQ

މި ފިލްމުގެ އަސްލަކީ ތަމަޅަ ނަމަވެސް މިހާރު ހިންދި ވާސަންވެސް ވަނީ ރިލީޒްކޮށްފައެވެ. މި ފިލްމު އެމޭޒަން ޕްރައިމުން ބަލައިލެވޭނެއެވެ.

ކޮންމެއަކަސް މިހާރު އިންޑިއާގެ މީޑިއާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މި ފިލްމުގެ މޮޅު ވާހަކައެވެ. އައްލޫ އަރްޖޫންގެ އެކްޓިން މޮޅު ވާހަކައެވެ. ސްޓޯރީ ރީތިވާހަކައެވެ. އެކްޝަން މަންޒަރުތައް ފުރިހަމަ ވާހަކައެވެ.

މިއާއެކު ބޮލީވުޑް ސަޕޯޓަރުން އަންނަނީ އެ އިންޑަސްޓްރީގެ ބޮޑެތި ތަރިންނާއި ޑައިރެކްޓަރުންނަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބޮލީވުޑްގެ ބޮޑެތި ތަރިންނާއި ޑައިރެކްޓަރުން ސައުތު އިންޑިއަން ފިލްމު އިންޑަސްޓްރީން ފިލާވަޅު ހާސިލުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް