16 ޖަނަވަރީ 2022: ގެމަނަފުށީގެ ތަޢުލީމުގެ އުދަރެހަށް އަލިކަން ގެނެސްދިން ދުވަހެއް!

ގެމަނަފުށި ސްކޫލުގައި އިމާރާތްކުރި 10 ކްލާސްރޫމްގެ މަސައްކަތް ނިމި ބޭނުންކުރަން ފަށައިފިއެވެ. މިކަން ހާމަކުރައްވާ ގެމަނަފުށި ކައުންސިލުގެ ކުރީގެ ރައީސް ޢަބްދުﷲ ޝިޔާން އޭނާގެ ފޭސްބުކްގައި ކުރައްވާފައިވ...

18 Jan 2022 | 07:41

ގެމަނަފުށި ސްކޫލުގައި އިމާރާތްކުރި 10 ކްލާސްރޫމްގެ މަސައްކަތް ނިމި ބޭނުންކުރަން ފަށައިފިއެވެ.

މިކަން ހާމަކުރައްވާ ގެމަނަފުށި ކައުންސިލުގެ ކުރީގެ ރައީސް ޢަބްދުﷲ ޝިޔާން އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފެންނަން ހުރީ ފުރިހަމަ ބިލްޑިންގ އެއް ކަމަކު، އެ ބިލްޑިންގ އިން ދަރިވަރުންނަށް ގެނެސްދިނީ މެންދުރުފަސް ކަމަށެވެ. އަދި ސްކޫލްގެ ކިޔެވުން މެންދުރު ދަޅަޔަށް ނިންމާލުމަށްފަހު ދެން އެއޮތީ މުޅިދުވަސް އެއްކޮށް އިތުރު ހަރަކާތްތަކަށް ކަމަށެވެ.

"ބޭނުން ގޮތަކަށް ޓައިމް ޓޭބަލް އަތުރާލަންވީއެވެ. އާދެ! 16 ޖަނަވަރީ 2022 އަކީ ގެމަނަފުށީގެ ތަޢުލީމުގެ އުދަރެހަށް އަލިކަން ގެނެސްދިން ދުވަހެކެވެ. އެތައް ދުވަހެއްގެ އިންތިޒާރެއްގެ ނިމުން ގެނުވި ދުވަހެކެވެ." ޝިޔާން ގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެ ދުވަސް ތާރީޚުގައި ލިޔެވިގެންދާނީ އެއްދަންފަޅިއަށް ގެމަނަފުށި ސްކޫލް ބަދަލު ކުރެވުނު ދުވަހުގެ ގޮތުގައި ކަމަށްވިޔަސް، އެއީ ގެމަނަފުށި ސްކޫލާއި ދަރިވަރުންނަށް ލިބުނު އިންގިލާބީ ބޮޑު ކުރިއެރުމެއް ލިބުނު ދުވަސް ކަމަށް ވެސް ކައުންސިލުގެ ކުރީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

"ޝައްކެއްވެސް ނެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސާބަހާ ހައްޤު ޝުކުރު އަދާކުރަންޖެހެއެވެ. ހިންގުންތެރި ވަޒީރު ޑރ. ޢައިޝަތު ޢަލީ އާއި ގެމަނަފުށި ސްކޫލުގެ ހީވާގި މެނޭޖްމަންޓަށް އައްސަރިބަހާ ސާބަހެވެ. އެމްޕީ އަހްމަދު ސައީދާއި ގެމްނަފުށި ކައުންސިލުު އިދާރާ އަދި މިނޫންވެސް ޝުކުރު ހައްޤުވެރިންނަށް މަރުޙަބާ އާއި ޝުކުރު ހުއްޓެވެ." ޝިޔާން ގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ގެމަނަފުށި ރައްޔިތުން އަބަދުވެސް އެދެނީ ކުރިއެރުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ގއ.ގެމަނަފުށި ސްކޫލް 10 ކްލާސްރޫމް އެޅުމުގެ މަޝްރޫޢަކީ PSIP 2019 ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަސައްކަތް 9,901,908.07 ( ނުވަ މިލިއަން ނުވަލައްކަ  ނުވަސަތޭކަ އަށް ރުފިޔާ ހަތް ލާރި) އަށް ހަވާލުކުރީ ސުވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއެވެ. 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2 ޑިސެމްބަރ 2019 ގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ސުވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރައްވާފައިވަނީ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް