ކޮވިޑަށް އަޖުމަބެލި ޗައިނާގެ ހަކީމީ ބޭސް ކާމިޔާބު ކަމަށް ޕާކިސްތާނުން ބުނެފި

ކޮވިޑު ބައްޔަށް ޗައިނާއިން ބޭނުންކުރަން ފެށި، އަދި މިހާރު ޕާކިސްތާނުގައިވެސް އަޖުމަ ބަލަމުން އަންނަ ޗައިނާގެ ހަކީމީ ބޭސް ކާމިޔާބު ކަމަށް ޕާކިސްތާނުން ބުނެފިއެވެ. މި ބޭހުގެ ނަމަކީ ޖިންހުއާ ޤިންގަން ގްރ...

18 Jan 2022 | 07:14

ކޮވިޑު ބައްޔަށް ޗައިނާއިން ބޭނުންކުރަން ފެށި، އަދި މިހާރު ޕާކިސްތާނުގައިވެސް އަޖުމަ ބަލަމުން އަންނަ ޗައިނާގެ ހަކީމީ ބޭސް ކާމިޔާބު ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

މި ބޭހުގެ ނަމަކީ ޖިންހުއާ ޤިންގަން ގްރެނިއުލްސް އެވެ. މި ބޭސް އުފައްދަނީ ޗައިނާގެ ބެއިޖީންގެ ފާމަސޫޓިކަލް ކޯ ލިމިޓެޑުންނެވެ. މި ބޭސް މިހާރު ޗައިނާގައިވެސް އަންނަނީ ބޭނުންކުރަމުންނެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ޕާކިސްތާނުގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ ކެމިކަލް އެންޑް ބަޔޮލޮޖިކަލް ސައިންސްގެ ޑިރެކްޓަރ އިގްބާލް ޗޯދަރި ވިދާޅުވެފައިވަނީ ޗައިނާގެ މި ބޭސް ކޮވިޑުގެ ހުރިހާ ވޭރިއަންޓަކަށްވެސް އަޖުމަ ބެލިފައިވާކަމަށާއި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

އެގޮތުން ތަހުލީލު މަރުހަލާގައި 300 މީހަކަށް މި ބޭސް މެދުވެރިކޮށް ފަރުވާ ދީފައިވާއިރު 82 އިންސައްތައިގެ ކުރިއެރުމެއް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް