ޗައިނާގެ އާބާދީ ރެކޯޑް މިންވަރަށް ދަށަށް ދާން ފަށައިފި

ޗައިނާގެ އާބާދީ ރެކޯޑް މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ. ބޭރުގެ ޚަބަރުތައް ބުނާގޮތުން  2021 ވަނަ އަހަރު ޗައިނާގައި ކޮންމެ 1000 މީހަކަށް 7.52 ކުދިން ވަނީ ވިހާފައެވެ. އ...

18 Jan 2022 | 07:10

ޗައިނާގެ އާބާދީ ރެކޯޑް މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

ބޭރުގެ ޚަބަރުތައް ބުނާގޮތުން  2021 ވަނަ އަހަރު ޗައިނާގައި ކޮންމެ 1000 މީހަކަށް 7.52 ކުދިން ވަނީ ވިހާފައެވެ.

އެ ގައުމުގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޑޭޓާއިން ބުނެފައިވަނީ މިއީ އާބާދީ އިތުރުވުން ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާކަން ދައްކައިދޭ އަދަދެއް ކަމަށެވެ.

އާބާދީ ދަށަށް ދާން ފަށާފައި މިވަނީ ޗައިނާއިން ކުރިން ގެންގުޅެމުން އައި ދެމަފިރިއަކަށް އެންމެ ދަރިޔަކު ހޯދުމުގެ ސިޔާސަތު 2016 ވަނަ އަހަރު އުވާލާފައި ވަނިކޮށެވެ. ޗައިނާ އިން މިހާރު ނިންމާފައިވަނީ ކޮންމެ ދެމަފިރިއަކަށް ދެ ކުދިން ހޯދުމަށެވެ. ނަމަވެސް އާބާދީ އިތުރުވަމުން ނުދެއެވެ.

ޗައިނާގެ އާބާދީއަކީ ހަލުވިކަމާއެކު މުސްކުޅިވަމުންދާ އާބާދީއެކެވެ. ސަރުކާރުން ގިނަ ކުދިން ހޯދުމަށް ދެމަފިރިންނަށް ހިތްވަރު ދިންނަމަވެސް ގިނަ ދެމަފިރިން ބޭނުންވަނީ އުމްރާނީ ދިރިއުޅުމުގެ އަގުތައް ބޮޑުކަމާއި ދިރިއުޅުމުގެ ފިއްތުންތަކުގެ ސަބަބުން އިތުރު ދަރިން ހޯދަން ބޭނުން ނުވެފައެވެ.

މިއީ 1949 ވަނަ އަހަރުގެ ފަހުން ސްޓެޓިސްޓިކްސް ބިއުރޯއިން ޑޭޓާ އެއްކުރަން ފެށި ހިސާބުން ދަރިން އުފަންވާ ރޭޓް އެންމެ ދަށްވީ އަހަރެވެ.

2021 ވަނަ އަހަރު 10.62 މިލިއަން ކުދިން އުފަންވިއެވެ. 2020 ވަނަ އަހަރު 12 މިލިއަން ކުދިން އުފަންވި ކަމަށް ޑޭޓާއިން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް