ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސަލްމާން ހާނާއި އަކްޝޭ ކުމާރުގެ އާންމުކޮށް ނޭނގޭ ބަދަލު ނުވާ އާދައެއްގެ ވާހަކަތަކެއް ބަތަލާ ލާރާ ދުއްތާ ހާމަކޮށްފި އެވެ.
މިފަހުން ވެބް ސީރީޒް އަކުން ފެނިގެން ދިޔަ ލާރާ މީޑިއާގައި ބުނީ މި ދެ ތަރިންގެ އިތުރުން ސަންޖޭ ދަތަކީވެސް ބަދަލު ނުވާ އާދައެއް ގެންގުޅޭ މީހެއް ކަމަށެވެ.
ލާރާ ބުނީ ސަލްމާނަށް އަންނަ ފޯނު ކޯލްތަކާއި މެސުތައް އޭނާ ކިޔާ ގަޑިއަކީ ދަންވަރު ކަމަށެވެ. އަދި މިސްވެފައި ހުންނަ ކޯލްތައް ބަލައި އެމީހުންނަށް ސަލްމާން ގުޅާނީ ދަންވަރު ކަމަށެވެ. ލާރާ ބުނީ އޭނާއަށް މުޅިންވެސް ސަލްމާންގެ މެސެޖާއި ކޯލް އަންނަނީ އަދިވެސް ރޭގަނޑު12ގެ ފަހުން ކަމަށެވެ.
އަކްޝޭ އާއި ގުޅޭގޮތުން ލާރާ ބުނީ އެހެން އެންމެންނަށްވުރެ ކުރިން ހެނދުނު އަކްޝޭ ހޭލާނެ ކަމަށެވެ. ސަންޖޭ އަކީ އަބަދުވެސް ވަރަށް ލަދުރަކި މީހެއްކަން ފާހަގަ ކުރަމުން ލާރާ ބުނީ އަދިވެސް ދެމީހުން ބައްދަލުވާއިރު ސަންޖޭ އުޅެނީ ވަރަށް ލަދުން ކަމަށެވެ.
މި ތިން ފިރިހެން ތަރިންނާއި އެކު އޭނާ މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން ސަލްމާނާއި އެކު ފިލްމު "ނޯ އެންޓްރީ" ގައި މަސައްކަތް ކޮށްފައިވާއިރު ފިލްމު "އަންދާޒު" ގައި އަކްޝޭ އާއި އެކު ލީޑްރޯލް ކުޅުނީ ލާރާ އެވެ. އަދި ސަންޖޭ ދަތާއި އެކު ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ޒިންދާ" ހިމެނެ އެވެ.
ލ އަކީ2000 ވަނަ އަހަރުގެ މިސް ޔުނިވާސް އެވެ. އޭގެ ފަހުން ބޮލީވުޑްގައި އޭނާ ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް