ރާއްޖޭގައި ކަލްޗަރަލް އަދި އެންވަޔަރަމަންޓަލް ޓޫރިޒަމް ފުޅާކުރުމަކީ މުހިންމު ކަމެއް ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. މައުސޫމް ވިދާޅުވީ ގިނަ ފަތުރުވެރިން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެތަނެއްގެ އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކޮށްލުމަށް ކަމަށާއި ރާއްޖެއަށް ޓޫރިޒަމްގެ އާ މޮޑެލްތަކާއި ދިވެހިންގެ މެހެމާންދާރީ އެކުވުމުން، ރާއްޖޭގެ ޓޫރިޒަމާއި އެހެން ބަޔަކަށް ވާދަކޮށްނުލެވޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ އަގުބޮޑު މަންޒިލެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރަމުން އަންނައިރު، ރާއްޖެއަށް ފަތުރުވެރިކަމުގެ ތަފާތު މޮޑެލްތައް ތަޢާރަފު ކުރަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކު ތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެފަދަ މީހުން ރާއްޖެ ގެނެސް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުތައް ފަހިވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ނަފާ ލިބޭނެ ކަމެއް ކަމަށެވެ.
"ސްޕެޝަލް ނީޑްސް ހުންނާނެ ނޫންތޯ ބައެއް ބޭފުޅުން، ވަރަށް ބޮޑު މާކެޓެއް ދެއްތޯ. އެއީވެސް މުޖުތަމައުގެ މުހިންމު ބައެއް ރާއްޖޭގައި ފޯކަސް ކުރާ ދާއިރާއެއް، ހަމައެކަނި އިގްތިސޯދީ ގޮތުން ލިބޭ ކުރިއެރުމެއް ނޫން އެއީ" ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ވެސް ޢަމަލީގޮތުން ހިއްސާ ކުރައްވާފައިވާ މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް