ކުޑަރިކިލަށް ޑޮކްޓަރެއް ފޮނުވުުމުގެ މަސައްކަތް ފަށައިފި

ބ. ކުޑަރިކިލަށް ޑޮކްޓަރެއް ފޮނުވުުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ދުވަސް ނޫހަށް މަޢުލޫމ،ާތު ދެއްވަމުން ހެލްތު މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އ...

18 Jan 2022 | 02:44

ބ. ކުޑަރިކިލަށް ޑޮކްޓަރެއް ފޮނުވުުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ދުވަސް ނޫހަށް މަޢުލޫމ،ާތު ދެއްވަމުން ހެލްތު މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެރަށަށް ޑޮކްޓަރަކު ފޮނުވާނެ ކަމަށެވެ. ނަމަވެސް އެ ޑޮކްޓަރަކީ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއް ކަމެއް ނުވަތަ މާލެއިން ފޮނުވާ ޑޮކްޓަރެއް ކަމެއް ހާމައެއް ނުކުރެއެވެ.

ކުޑަރިކިލަށް ޑޮކްޓަރެއް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިމިވަނީ އެރަށު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތި ގިނަދުވަސްވާތީ އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ސިއްހީ މަރުކަޒު ބަންދުކޮށް މުޒާހަރާކޮށްފައިވަނިކޮށެވެ.

އެރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އަދި ކޮވިޑު ފެތުރެމުން އަންނައިރު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތި ހަފްތާއެއް ވެފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ކުޑަރިކިލު ސިއްހީމަރުކަޒުގައި ޑޮކްޓަރަކު ނެތިގެން އެރަށު ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން މިއަދުން ފެށިގެން އެރަށު ސިއްޙީ މަރުކަޒުން ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10 ގައި ވަނީ ޗުއްޓީ އަށް ގޮސްފައެވެ. މިހާރު އެރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް