ޕީޕީއެމްއިން މިހާރު ބަލައިގެންނަނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ކައުންސިލުން އެކުލަވާލާފައިވާ އިންތިހާބީ ކޮމިޓީ ކަމަށް އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑރ ހަލީލް ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ބޭފުޅުން އައްޔަން ކުރުމާއި ތަމްސީލް ކުރުމަށް ޓަކައި އެކިއެކި ފަރާތްތަކަށް ފޮނުވުމަކީ ޕާޓީ މުސްތަޝާރުގެ ޒިންމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިހާޞުގެ ކަންކަންވެސް ކުރިޔަށްދާނީ މުސްތަޝާރުގެ ނިންމުތަކާއި އެއްގޮތަށް ކަމުން ޕްރައިމަރީގެ ކަންކަން ކުރިއަށްދަނީ އެބޭފުޅުންގެ ކައުންސިލުން ނިންމި ގޮތަށް ކަމަށެވެ.
ޑރ ހަލީލް މިހެން ވިދާޅުވީ ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ މިމަހު 27ގައި ބާއްވާއިރު އެކަން އެޕާޓީގެ އިންތިހާބީ ކޮމެޓީއަށް ނޭނގޭ ކަމަށް ބުނެ ޕީޕީއެމް މައުމޫން ފެކްޝަނުން ނެރުނު ބަޔާނަކާއި ގުޅިގެންނެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ އިންތިހާބުކަންކަމުގެ އިސްވެރިއަކީ ޕާޓީގެ ރައީސް ކަމަށް ބުނެފައިވާ އިރު މިހާރު އިއުލާންކޮށްފައިވާ ޕްރައިމަރީއަކީ އެއާ ހިލާފަށް ކުރާކަމެއް ކަމަށެވެ.
ހަލީލް ވިދާޅުވީ ޕީޕީއެމް ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވާހަކަފުޅު ނުދެއްކެވޭނެ ކަމަށާއި އެކަމަކީ ރައީސް ޔާމީންގެ ހަތްޕުޅުގައި އޮތް ކަމެއް ކަމަށެވެ. އަދި ޕާޓީ ވަކި އުސޫލަކުން ހިންގަމުން ދަނިކޮށް އެކަންކަމާ ދެކޮޅަށް ރައީސް މައުމޫނަށް ބަޔާން ނުނެރެވޭނެ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑަށް ސިފަކުރެވެނީ މިއީ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކުރާ އެއްބައިވަންތަ ކަމާއި ޕާޓީގެ ކުރިއެރުމަށް މަސައްކަތްކުރަން ޖެހޭ ރޫހާއި މިކަންކަމާ ހިލާފަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި،" ހަލީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޕާޓި މިހާރު ހިނގަމުން ދަނީ ކޯޓުން ވަކިގތެއް ކަނޑައެޅުމުން އެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެހެން ކަމުން މުޝްތަޝާރު ނޫން ފަރާތަކުން ޕާޓިގެ ނިންމުމާއި މެދު މިގޮތަށް ބަޔާން ނެރޭނަމަ އާންމު އުސޫލުން ފިޔަވަޅު އަޅަންޖެހިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް