ދީނީ ފަތުވާ ކޮމިޓީގެ ރައީސް ކަމަށް ޝައިހް ރަޝީދު ހައްޔަންކޮށްފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުގެ ރައީސްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހީމް އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމ...

18 Jan 2017 | 09:45

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުގެ ރައީސްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހީމް އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އެމަގާމަށް ޝައިހް ރަޝީދު އައްޔަން ކުރައްވާ މިއަދު ލިޔުން ހަވާލު ކޮށްދެއްވާފައި އެވެ. ރައީސް އޮފީހުން ބުނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސްކަމަށް ޝައިހް ރަޝީދު އައްޔަން ކުރެއްވީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ފަތުވާ ކޮމިޓީއަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކުރީ މިދިޔަ ނޮވެމްބަރު 21 ގައި އެވެ. މަޖިލީހުން ފާސްކޮށްފައިވަނީ އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން މެމްބަރަކު އައްޔަން ކުރެވޭ ގޮތަށް އޮތް އޮތުން އުނި ކުރުމަށާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން “މަޖިލީހުގެ ރުހުމާ އެކު” މެމްބަރުން އައްޔަން ކުރެވޭ ގޮތް ބަދަލު ކުރުމަށެވެ.

މި ކޮމިޓީގައި ތިއްބަވަނީ ފަސް މެންބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް