އެސްޓީއޯއިން ކުރިޔަށް ގެންދާ "ކިކްއޮފް ސޭލް 2017" މިއަދު ފަށައިފި އެވެ.
އާ އަހަރާއި ދިމާކޮށް ފެށި މި ސޭލް މިއަދުން ފެށިގެން އަންނަ މަހުގެ 18 ގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ކުރިޔަށް ގެންދާ މި ސޭލްގައި ބޮޑެތި ޑިސްކައުންޓުތަކާއި އެކު އިނާމުތައް ލިބޭނެ އެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާއިރު އެ ފިހާރައިން ވިއްކާ ހުރިހާ މުދަލެއްވެސް ވަރަށް އަގު ހެޔޮކޮށް ލިބޭނެ ކަމަށާއި އަދި 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހާއްސަ އިނާމެއް ލިބޭނެ ކަމަށެވެ. އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ވިއްކާ ތަކެތި ބޭނުން ކުރާނެ ގޮތާއި އެ ތަކެތީގައި ހުންނަ ފީޗާސްތައް ދައްކާލުމުގެ ހަރަކާތެއްވެސް މި ޕްރޮމޯޝަންގެ ތެރެއިން ކުރިޔަށްދާނެ އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ، ނިޕޯން އަދި ސެމްސަންގް ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް