ހުޅުމާލޭގައި 73 ހައުސިން ޔުނިޓް އަޅަން ޖައުސާ އިންވެސްޓްމަންޓާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑިސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ޖައުސާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޖަހުދާން ޖައުފަރެވެ.
ޖައުސާ އާއި އަޅަން ހަވާލު ކުރި ފްލެޓުތަކަކީ އެކި ފަންތީގެ ފްލެޓުތަކެކެވެ. އަދި މި މަސައްކަތް 26 މަސްތެރޭގައި ނިންމަން ޖެހެ އެވެ.
އެޗްޑިސީން ބުނީ އެ ފްލެޓުތަށް އަޅަން ނިންމާފައިވަނީ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި ކަމަށެވެ.
ހުޅުމާލޭގައި އެކި ފަންތީގެ ފްލެޓު އެޅުމަށް މިދިޔަ އަހަރުވެސް ވަނީ ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގެ ކުންފުނިތަކާއި ހަވާލުކޮށްފައި އެވެ. އޭގެ ތެރޭގައި އިންޑިއާއި ޗައިނާ އަދި ތުރުކީ ކުންފުނިތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް