ދެ އަންހެންކުދިން އަރުވައިގެން ދުއްވާފައިދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ

ހއ. އިހަވަންދޫގައި ޒުވާން ދެ އަންހެން ކުދިން އަރުވައިގެން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރ...

18 Jan 2015 | 17:28

ހއ. އިހަވަންދޫގައި ޒުވާން ދެ އަންހެން ކުދިން އަރުވައިގެން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީދު އިބްރާހިމް ވިދާޅުވީ އެ ކާރު މޫދަށް ވެއްޓުނީ އެރަށު ޞޭރު މަގުން ދުއްވާފައިދަނިކޮށް މިރޭ 7:45 ހާއިރު ކަމަށެވެ. އަދި މަންޒަރު ދުއް މީހުންނާ ހަވާލާދީ މުޢީދު ވިދާޅުވީ އެ ކާރު ދުއްވާފައި ދިޔައީ ބާރު ސްޕީޑެއްގައި ކަމަށެވެ.

މުއީދު އިތުރަށް ވިދާޅުވީ މިހާދިސާގައި  ދެ އަންހެން ކުދިންނަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ކަމަށެވެ. އަދި ކާރު އޮތީ މޫދުގެ ލޮނުގަނޑުގައި ކަމަށްވެސް މުއީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް