އަހަރެން މިހުރީ ރައީސް ޔާމީނާއި ގައުމާއެކު: މިނިސްޓަރު ނާޒިމް

ދިފާއީ ވަޒީރު މުހައްމަދު ނާޒިމް އަދިވެސް ހުންނެވީ ރައީސް ޔާމީނާއި މި ސަރުކާރާއެކު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވިދާޅުވެފައ...

18 Jan 2015 | 16:31

ދިފާއީ ވަޒީރު މުހައްމަދު ނާޒިމް އަދިވެސް ހުންނެވީ ރައީސް ޔާމީނާއި މި ސަރުކާރާއެކު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ މިނިސްޓަރަށާއި މިނިސްޓަރުގެ އާއިލާއަށް ދިމާވި "ޗެލެންޖިންގް" ވަގުތުތަކުގައި ހެޔޮއެދޭ އެދޭ ފަރާތްތަކުން ތާއީދު ކުރާތީ އެކަމަށް ޝުކުރު ދަންނަވާ ކަމަށާއި ރައީސާއި ސަރުކާރާއެކު ހުރިކަން ޔަގީން ކޮށްދޭ ކަމަށެވެ.

https://twitter.com/nazim7878/status/556834772358422529

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު މިރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ބަލައި ފާސްކުރި ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ނުތަނަވަސް ކަމެއް ކުރިމަތިވެފައި ނެތް ކަނަށެވެ.

https://twitter.com/nazim7878/status/556829708688437248

ރޭގެ ދަންވަރު ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިނިސްޓަރު ނާޒިމްގެ އެޕާޓްމެންޓަށްވަދެ އެތަން ބަލައި ފާސްކޮށްފައިވާއިރު ފުލުހުން މިއަދު ބުނެފައިވަނީ ރޭ ބަލައި ފާސްކުރި ދެ އެޕާޓްމެންޓް ކުރެ ކޮންމެވެސް އެއް އެޕާޓްމެންޓަކުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަކެތި ފެނިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް