މިނިސްޓަރު ނާޒިމް އަކީ އެންމެން އިތުބާރު ކުރާ ހީރޯއެއް: އުމަރު ނަސީރު

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަކީ އެންމެން އިތުބާރު ކުރާ "ހީރޯއެއް" ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. https://twitter.com/UmarNaseerPPM/status/556843098601312256 ހޯމް މި...

18 Jan 2015 | 16:07

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަކީ އެންމެން އިތުބާރު ކުރާ "ހީރޯއެއް" ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

https://twitter.com/UmarNaseerPPM/status/556843098601312256

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ދާދި ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ހަމައެކަނި ވިދާޅުވެފައިވަނީ ނާޒިމް އަކީ އެންމެން އިތުބާރު ކުރާ ހީރޯއެއް ކަމަށެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ރޭގެ ދަންވަރު ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިނިސްޓަރު ނާޒިމްގެ އެޕާޓްމެންޓަށްވަދެ އެތަން ބަލައި ފާސްކޮށްފަ އެވެ.

އަދި ފާސްކުރަން ހޯދި ކޯޓު އަމުރުގައި ހަތިޔާރާއި ގޮވާތަކެތި ހުރިކަމުގެ ތުހުމަތުގައި ކަމަށް ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު ފުލުހުން މިއަދު ބުނެފައިވަނީ ރޭ ބަލައި ފާސްކުރި ދެ އެޕާޓްމެންޓް ކުރެ ކޮންމެވެސް އެއް އެޕާޓްމެންޓަކުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަކެތި ފެނިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް