މާދަމައިން ފެށިގެން ޕެޓްރޯލް އަދި ޑީސަލް ލިޓަރެއް 10 ރުފިޔާއަށް ލިބޭގޮތް ހަދަނީ

މާދަމާ(19 ޖެނުއަރީ) އިން ފެށިގެން ޕެޓްރޯލާއި ޑީސަލް ލީޓަރެއްގެ އަގު 10ރ. އަށް ދަށްކުރަން އެސްޓީއޯއިން ނިންމައިފި އެވެ. އެސްޓީއޯގެ މައި އޮފީހުގައި މިއަދު ކުރިއަށްދިޔަ ނުސްވެރިންގެ ބައްދަލުވުމެއްގައި އެ...

18 Jan 2015 | 11:34

މާދަމާ(19 ޖެނުއަރީ) އިން ފެށިގެން ޕެޓްރޯލާއި ޑީސަލް ލީޓަރެއްގެ އަގު 10ރ. އަށް ދަށްކުރަން އެސްޓީއޯއިން ނިންމައިފި އެވެ.

އެސްޓީއޯގެ މައި އޮފީހުގައި މިއަދު ކުރިއަށްދިޔަ ނުސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ތެލުގެ އަގު ކުޑަކުރަން ނިންމީ ރައީސް ޔާމީންއާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އަދި ދުނިޔޭގައި ތެލުގެ އަގު ދަށްވަމުން އަންނާތީ ރާއްޖޭގައި ވެސް ތެލުގެ އަގަށް އެ ބަދަލު އަންނަން ޖެހޭ ކަމަށް ރައީސް ދެކެވަޑައިގަތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މިފަހުން އެސްޓީއޯއިން ވަނީ ހަތަރު ފަހަރަކަށް ޕެޓްރޯލާއި ޑީސަލްގެ އަގު ދަށް ކޮށްފަ އެވެ. މިފަހަރުގެ ބަދަލާ އެކު ޕެޓްރޯލް ލީޓަރަކުން އެ ކުޑަވީ 2.37 ލާރި އެވެ. އަދި ޑީސަލް ލީޓަރަކުން އެ ކުޑަވީ، 2.33ރ. އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް