ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި ތަގުގީގަށް ބޭނުންވާ ތަކެތި ހޯދިފައިވޭ

ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަތް ގދެ އެޕާޓްމަންޓުގެ ތެރެއިން އެއް އެޕާޓްމަންޓުން ތަހުގީގަށް ބޭނުންވާ އާލާތްތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއް...

18 Jan 2015 | 09:50

ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަތް ގދެ އެޕާޓްމަންޓުގެ ތެރެއިން އެއް އެޕާޓްމަންޓުން ތަހުގީގަށް ބޭނުންވާ އާލާތްތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓާ އހުމަދު ޝިފާން ވިދާޅުވީ، ރޭ ފުލުހުން ގެއަކަށް ވަނީ އެ ގޭގެ ދެ އެޕާޓްމަންޓެއް ބަލާ ފާސްކުރުމަށް ކަމަށެވެ. އަދި އޭގެން އެއް އެޕާޓްމަންޓަކީ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްގެ ގެ ކޮޅުކަން އެނގުމުން މިނިސްޓަރަށް ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފުލުހުން ދީފައިވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން ރޭ ގާތްގަނޑަށް 03:30 ހާއިރު މާލޭގެ ގެއަކަށް ވަނީ ކޯޓު އަމުރެއްގެ ދަށުން. އެގޭގެ ދެ އެޕާޓްމަންޓެއް ބަލާ ފާސްކުރިން. އޭގެއް އެއް އެޕާޓްމަންޓުން ވަނީ ތަހުގީގަށް ހޯދަން ބޭނުންވާ ބައެއް ސާމާނު ފެނިފައި،" ޝިފާން ވިދާޅުވި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރޭ މިނިސްޓާ ނާޒިމްގެ ގެއަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައިވަނީ ހަތިޔާރާއި ގޮވާތަކެތީގެ މައްސަލައެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް