އެކި މައްސަލަތަކުގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރާ މީހުންނާ ވަކީލުން އެއްތަނެއްގައި ތިބޭ ގޮތަށް ކޯޓުގެ އެތެރޭގެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓަށް އެކި ކަންކަމުގައި ހާޒިރުކުރާ މީހުންނާ ވަކީލުން އެއްތަނެއްގައި ބައިތިއްބަންޖެހުނީ ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ ގޮތުންނާއި ކޯޓުގެ، ކޯޓް ރޫމެއް ބޮޑު ކުރަންޖެހުމާއި ގުޅިގެންނެވެ. އޭނާ ވިދާޅުވީ ކޯޓަށް އެކި ކަންކަމުގައި ހާޒިރުކުރާ މީހުންނާއި ވަކީލުން މީގެ ކުރިން ތިބެނީ ވަކިން ދެ ރޫމެއްގައި ކަމަށެވެ.
ކޯޓަށް ހާޒިރުކުރާ މީހުންނާއި ވަކީލުން އެއް ތަނެއްގައި ތިބޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސި ނަމަވެސް ކޯޓަށް ހާޒިރުކުރާ ކުށްވެރިން މިހާރު ވެސް ތިބެނީ ވަކިން ކޮޓަރިއެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް