ބަޔަކަށް ކުރިމަތިފަރާތް ދެއްކި ބިދޭސީއަކު ހޯދަން އިއުލާނުކޮށްފި

ހއ އުތީމު ހޮޓަލެއްގައިތިބި ބަޔަކަށް ކުރިމަތިފަރާތް ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުންބުނީ ފޮޓޯ އިން ފެންނަ ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ މުސައްރަފަކީ...

18 Jan 2015 | 06:12

ހއ އުތީމު ހޮޓަލެއްގައިތިބި ބަޔަކަށް ކުރިމަތިފަރާތް ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންބުނީ ފޮޓޯ އިން ފެންނަ ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ މުސައްރަފަކީ، އޭނާ ހއ. އުތީމު ގައި މަސައްކަތް ކުރަމުން ދިޔަ ބީޗް ޓޭސްޓް ހޮޓަލުގައި ތިބި ބަޔަކަށް އޭނާގެ ކުރިމަތިފަރާތް ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަޙުޤީޤަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

ވީމާ މުސައްރަފްއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގި ލައްވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791462 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް