މިނިސްޓާ ނާޒިމްގެ އެޕާޓްމެންޓަށް ފުލުހުން ވަދެ ފާސްކޮށްފި

ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަށް މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެ ރޭ ފުލުހުން ވަދެ ފާސްކޮށްފި އެވެ. މައުލޫމާތު ލިބިފައިވާގޮތުން ފުލުހުން އެގެއަށް ފުލުހުން ވަދެފައިވަނީ އެޕާޓްމެންޓްގެ ތިރީ ދޮރު ހަލ...

18 Jan 2015 | 02:18

ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަށް މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެ ރޭ ފުލުހުން ވަދެ ފާސްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުން ފުލުހުން އެގެއަށް ފުލުހުން ވަދެފައިވަނީ އެޕާޓްމެންޓްގެ ތިރީ ދޮރު ހަލާކު ކޮށްލައިގެންނެވެ. އަދި ފުލުހުން އެގެއަށް ވަދެފައިވަނީ ރޭ 3:30 ހާއިރު ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އެގެއަށްވަދެ ބައެއް ލިޔެކިއުން ފުލުހުން ގެންދިޔަ ކަމަށް މަންޒަރު ދުއް ފަރާތްތަކުން ބުނާއިރު ފުލުހުން ބަލާ ފާސްކުރީ މިނިސްޓަރު ދިރިއުޅުއްވާ އެޕާޓްމެންޓްކަން ޔަގީނެއް ނުވެ އެވެ. ފުލުހުން ބުނީ މިކަމުގައި އެއްވެސް އެއްޗެއް ފުލުހުން ނުބުނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް