ޕާކިސްތާނުގައި އިއްޔެވެސް މީހަކު ދަންޖައްސައިފި

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ ސްކޫލަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެގައުމުގައި އަލުން ދަން ޖައްސާ މަރުގެ ހުކުމް ތަންފީޒް ކުރަން ފަށާފައިވާއިރު އިއްޔެވެސް އެގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރ...

18 Jan 2015 | 01:53

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ ސްކޫލަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެގައުމުގައި އަލުން ދަން ޖައްސާ މަރުގެ ހުކުމް ތަންފީޒް ކުރަން ފަށާފައިވާއިރު އިއްޔެވެސް އެގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން މީހަކު ދަންޖައްސައިފިއެވެ.

ހަ އަހަރަށްފަހު މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދަން ޖައްސަން ފަށާފައިވާއިރު މީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދަންޖެއްސި 19 ވަނަ މީހާ އެވެ.

އިކްރާމުލް ހަގް ނަމަކަށްކިޔާ މިމީހާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ 2004 ވަނަ އަހަރު ގަސްތުގައި މީހަކު މެރުމުންނެވެ.

ޕާކިސްތާނުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ފެށުމުން އެކަން ނުކުރުމަށް އދ އާއި ޔޫރަޕިއަން ޔޫނިއަންއާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ އިތުރުން ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ގޮވާލާފަ އެވެ. މަރުގެ ހުކުމް ތަންފީޒު ކުރުން އެގައުމުން ކުރިން ހުއްޓާލާފައިވަނީ 2008 ވަނަ އަހަރު އެވެ. އަލުން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި 500 އަށްވުރެ ގިނަ ކުށްވެރިން ދަންޖެއްސުމަށް ހަމަޖެހިފައިވާކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އަމަލުކުރުން މެދު ކަނޑާލާފައިވާ ދަންޖެއްސުމުގެ ގާނޫނަށް އަމަލު ކުރުމުގެ ހުއްދަ އެގައުމުގެ ރައީސް ޕަރްވޭޒް މުޝައްރަފް ދެއްވާފައިވަނީ ޕެޝާވަރު ސްކޫލަށް ޓެރަރިސްޓުން ދިން ހަމަލާއެއްގައި 149 މީހުން މަރުވުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް