އައިއެސްއިން ރަހީނުކޮށްފައިތިބި 200 އަށްވުރެ ގިނަ ޔަޒީދީން މިނިވަންކޮށްފި

އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތުން ރަހީނުކޮށްފައިތިބި 200 އަށްވުރެ ގިނަ ޔަޒީދީން އިއްޔެ މިނިވަންކޮށްފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލުންނާ...

18 Jan 2015 | 01:08

އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތުން ރަހީނުކޮށްފައިތިބި 200 އަށްވުރެ ގިނަ ޔަޒީދީން އިއްޔެ މިނިވަންކޮށްފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލުންނާއި އެކްޓިވިސްޓުން ބުނެފި އެވެ.

ކުރުދީންގެ ސެކިއުރިޓީ އޮފިޝަލަކު ހާމަކޮށްފައިވާގޮތުން މިނިވަން ކުރި މީހުންގެ އަދަދު 200 އަށްވުރެ މަތީގައި އުޅޭއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ އަންހެނުންނާއި ފިރިހެނުންގެ އިތުރުން ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އެމީހުން މިނިވަން ކޮށްފައިވަނީ އިރާގުގެ ކިރްކުކް ސަރަހައްދުންނެވެ. އެ އަސަރަހައްދުގައި ހަރަކާތްތެރިވާ އެކްޓިވިސްޓަކު ބުނެފައިވަނީ ދޫކޮށްލި މީހުންގެ އަދަދު 350 އަށް އަރާ ކަމަށެވެ.

ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތުން އިރާގުގެ އަވަށްތަކުގެ ކޮންޓްރޯލް ހޯދުމަށް ކުރާ ހަނގުރާމައިގާ ގިނަ އަދަދެއްގެ ޔަޒީދީން ރަހީނުކުރާ ކަމަށާއި ރަހީނުކުރާ ޔަޒީދީންގެ ތެރެއިން އަންހެންކުދިން، ހަނގުރާމަވެރިންގެ އަނބިންގެ ގޮތުގައްޔާއި އަސީރުންގެ ގޮތުގައި ގެންގުޅޭ ކަމަށް ހުޅަނގުގެ މީޑިއާއިން އަބަދުވެސް ބުނަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް