ދުނިޔެ މަތީގައި ކިތަންމެބޮޑު ބާރަކާއި ޖާހެއް ލިބުނަސް ﷲއަށް އިމާން ނުވާ ނަމަ، އެއީ ހަގީގީ ބާއްޖަވެރިކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވާ ކަމަށާއި އެކަލާނގެ ތެދުމަގުން އެއްކިބާ ކުރައްވައިފި މީހަކަށް މަގު ދައްކާނޭ މީހަކު ވެސް ނުވާ ކަމަށެވެ.
"މާތްﷲ ކީރިތި ރަސޫލާ ފޮނުއްވީ ޙައްޤު ދީނައިގެން، މީސްތަކުންނަށް ހިދާޔަތުގެ މަގު ދެއްކެވުމަށް. އެކަލޭގެފާނު ވަނީ ރަސޫލުކަން ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވާފަ. އަދި އެކަލޭގެފާނާ ޙަވާލު ކުރެވުނު އަމާނާތް ވެސް ފުރިހަމަ ގޮތުގައި އަދާ ކުރައްވާ، އުންމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންފަ." ޚުތުބާގައި ބުނެފައި ވެއެވެ.
ޚިތުބާގައި ބުނީ މުދާވެރިކަމަކީ ހަމައެކަނި ބާއްޖަވެރިކަމެއް ކަމުގައިވީނަމަ، ޤާރޫނަކީ އެންމެބޮޑު ބާއްޖަވެރިޔާއަށް ވާނެ ކަމަށެވެ. އަދި ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންނުވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް