ކަނޑުމަތީ ހާދިސާ: އަދިވެސް ގެއްލުނު މީހާ ނުފެނޭ- އެމްއެންޑީއެފް

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "ސީމެކްސް" ނަމަކަށް ކިޔާ ބޯޓަކުން މިއަދު ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސްް (އެމްއެންޑީއެފ)ްއިން ބުނެފިއެވެ. އ...

17 Dec 2024 | 15:37

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "ސީމެކްސް" ނަމަކަށް ކިޔާ ބޯޓަކުން މިއަދު ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސްް (އެމްއެންޑީއެފ)ްއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާއާއި ގުޅިގެން އެމީހާ ހޯދުމަށް ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެނ ސަރަހައްދުން104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަދުތަކުން ހިންގި ސާރޗް އޮޕްރޭޝަންގައި ބަލާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ކަނޑުމަގުން ކަމަށް ވެސް އެމްއެންޑީއެފުން މަައުލޫމާތު ދެއެވެ.

ގެއްލިގެން ހޯދަމުން ދަނީ ނޭޕާލްއަށް ނިސްބަތްވާ ފަޅުވެރިއެކެވެ.

އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް