ބޫޓާންގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް އާއި ބޮޑުވަޒީރު ޝެރިންގ ތޮބްގޭއަށް ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ. ބޫ...

17 Dec 2024 | 14:32

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް އާއި ބޮޑުވަޒީރު ޝެރިންގ ތޮބްގޭއަށް ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، މި މުހިންމު މުނާސަބަތުގައި، ދިވެހި ރައްތިތުންނާއި ސަރުކާރުގެ ނަމުގައި ރަސްގެފާނާއި ބޮޑުވަޒީރާއި ބޫޓާންގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަރިސްކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސްގެފާނާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، ބޫޓާނުގެ ރައްޔިތުންނަށް ތަރައްޤީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ބޫޓާންގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. ދިވެހިރާއްޖެއާއި ބޫޓާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 ޖުލައި 1984 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ 'އެކްސް' އެކައުންޓުންވެސް އެމަނިކުފާނު ވަނީ ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް