ގޫގަލް ޕްލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރ އިން ގޯ ޕްލޭ އެޕް ޑައުންލޯޑްކޮށްގެން ސްޕާ ސިލޯންގެ ގިފްޓް ވައުޗަރ ލިބޭ ޕްރޮމޯޝަނެއް އުރީދޫމޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.
އުރީދޫއިން ބުނެފައިވަނީ ގިފްޓް ވައުޗަރ ލިބުމުގެ ފުރުސަތު 10 ފަރާތަކަށް ލިބިގެންދާނެކަމަށާއި 1،000 ރުފިޔާއާއި 500 ރުފިޔާގެ ގިފްޓް ވައުޗަރ ލިބުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެލެއްވުމަށް މި ހިނގާ ޑިސެމްބަރު މަހުގެ 25 ގެ ކުރިން ގޯ ޕްލޭ އެޕް ޑައުންލޯޑްކޮށް އެކްޓިވްކޮށްލަންޖެހިވަޑައިގަންނަވާނެއެވެ.
ގޯ ޕްލޭ އެމަކީ އޮން ޑިމާންޑް ފިލްމާއި ވީޑިއޯއާއި ލައިވް ޗެނަލްތައް ބަލައިލެވޭ އެޕްލިކޭޝަނެކެވެ.
ސްޕާ ސިލޯން އަކީ ދުނިޔޭގެ އެންމެ ބޮޑު، އަޔުރްވޭދާ ވެލްނަސް ބްރޭންޑެވެ. ލަގްޒަރީ އާޔުރްވެދާ ގެ ތަޖުރިބާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ސްޕާ ސިލޯން އަކީ ސްރީލަންކާގެ ޒަމާންވީ ފަރުވާގެ އާދަކާދަތަކާއި އެންމެ މޮޅު މާއްދާތަކާއި ޒަމާނީ ދުޅަހެޔޮކަމުގެ އާދަތަކަށް ބައްޓަންކޮށް އެކި ޕްރަޑަކްޓްތައް އުފައްދާފައިވާ ބްރޭންޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް