ޅެންވެރިޔާ އަލީ ޝަރީފް ނިޔާވުމާ ގުޅިގެން އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ދިވެހި ޅެންވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލީ ޝަރީފް (ޏ.އަލީ ޝަރީފް) ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާގެ މެސެޖެއް ފޮނުއްުވައިފިއެވެ. އަލީ ޝަރީފަކީ...

17 Dec 2024 | 11:13

ދިވެހި ޅެންވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލީ ޝަރީފް (ޏ.އަލީ ޝަރީފް) ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާގެ މެސެޖެއް ފޮނުއްުވައިފިއެވެ.

އަލީ ޝަރީފަކީ ޅެންވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން އަލީ ޝަރީފަކީ ޅެންވެރިކަމުގެ ރޮގުން އާންމު ޚިދުމަތުގެ އިނާމު1981 ވަނަ އަހަރު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަލީ ޝަރީފު ދިވަހި ބަހަށް ކޮށްދެއްވާފައިވާ ޚިދުމަތްތަށް ފާހަގަކުރައްވާ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް