މާލޭގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

ވިއްސާރައާއި ގުޅިގެން މާލޭގެ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތްތައް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ފަށައިފިއެވެ. އެގޮތުން ފެންބޮޑުވެފައިވާ މަގުތަކުގަ...

17 Dec 2024 | 10:36

ވިއްސާރައާއި ގުޅިގެން މާލޭގެ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތްތައް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ފަށައިފިއެވެ.

އެގޮތުން ފެންބޮޑުވެފައިވާ މަގުތަކުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ދަނީ ޕަންޕު ބަހައްޓައިގެން ފެން ހިނދުމުގެ މަސައްކަތް ކުރަމުންނެވެ.

މިދުވަސްވަރަކީ އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ، ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި  ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެގޮތުން މި ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް