އިންޑިއާގެ ލަކްނައުގެ އަވަށަކަސް ނިސްބަތްވާ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާގެ އާއިލާއިން މަސައްކަތް ފެށީ މި ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުގައެވެ.
އާއިލާއިން ކުރި މަސައްކަތުން ކާމިޔާބު ނުވުމުން އެ އާއިލާއިން އެކަން ފުލުހުންނަށް ހުށަހެޅިއެވެ.
ފުލުހުންގެ ތަހުގީގު ތެރެއިން އާދީއްތަ ދުވަހު ފުލުހުންނަށް ކުރިމަގެއް ލިބޭގޮތްވީ ވިކްރަމް ނަމަކަށްކިޔާ އެ ފިރިހެން ކުއްޖާގެ އަންނައުނު ކޯރެއްގެ ތެރެއިން ފެނުމުންނެވެ.
ތަހުގީގު އިތުރަށް ކުރިއަށްގެންދިއުމުގެ ތެރޭގައި ދެ ދަނޑުވެރިއެއްގެ މައްޗަށް ތުހުމަތު ކުރެވި އެ ދެ ދަނޑުވެރިން ހައްޔަރުކުރިއެވެ. އެއީ އުމުރުން 24 އަހަރުގެ ސަންޖޭ ވަރުމާ ނަމަކަށްކިޔާ މީހަކާއި އުމުރުން 18 އަހަރުގެ ލަވްކުޝް ނަމަކަށް ކިޔާ މީހެކެވެ.
ތަހުގީގުގައި އެ ދެމީހުން އިއުތިރާފުވިގޮތުގައި އެ ދެމީހުންގެ ދަނޑުގައި ވިކްރަމް އެ ދެމީހުންނަށް އެހީތެރިވާން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ވިނަކޮށާ މެޝިނެއްގެ ތިލަތަކުގެ ތެރޭގައި ވިކްރަމް ތާށިވިއެވެ.
ނަމަވެސް ވިކްރަމް ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ވިނަކޮށާ އެ މެޝިން ބޭނުންކޮށްގެން، ވިކްރަމް ދިރިހުއްޓާ ކުދިކުދިކޮށްލިއެވެ. އަދި އެ ދަނޑުގެ އެތަންމިތާނގައި ވިކްރަމްގެ ހަށިގަނޑުގެ ބައިބައި ވަޅުލިއެވެ.
ފުލުހުންގެ ތަހުގީގު ތެރެއިން، ވިކްރަމްގެ ހަށިގަނޑުގެ ބައިތައް މިހާރު ވަނީ ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް