ތ.ހިރިލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މަހު14 ވަނަ ދުވަހު ހިރިލަންދޫގައި އެރަށު ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ވަނީ ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ތ.ހިރިލަންދޫ/ޗަމަން، އަހްމަދު ސިނާނު (37އ) އަދި މާލެ، ހ.ސީރީނު ވިލާ، މިހައްމަދު މާހިން (37އ) އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާތީ ކަމަށެވެ.
މި މައްސަލައާއި މެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް އެމީހުން ހާޒިރު ކުރުމުން އެމީހުންގެ ބައްދަށް ވަނީ ދިހަ ދުވަސް ޖަހާފައެވެ.
މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް