ވާރޭވެހި ހެނބަދޫގައި ފެންބޮޑުވެއްޖެ

ވިއްސާރައިގާ ހެނބަދޫގައި ފެންބޮޑުވެއްޖެއެވެ. މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ނ. ހެނބަދޫގައި ފެންބޮޑުވެ، މީހުން ދިރ...

17 Dec 2024 | 07:38

ވިއްސާރައިގާ ހެނބަދޫގައި ފެންބޮޑުވެއްޖެއެވެ.

މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ނ. ހެނބަދޫގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ގޭގެއަށް ފެން ވަންނާތީ، އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ރަށުގައި ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ބައެއް ފޮޓޯ އެމްއެންޑީއެފްއިން ހިއްސާކޮށްފައިވާއިރު، ބައެއް ގޭގޭގެ ގޯތި ތެރެއާއި ބައެއް ގޭގޭގެ ގޭތެރޭގައި ފެންބޮޑުވެފައިވާ މަންޒަރު ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް