މުޑުދާރު ތަނެއްގައި ފޮނި ފޯއް އުފައްދަމުންދިޔަ ބިދޭސީއަކު އަތުލައިގެންފި

ހަޑިމުޑުދާރު ތަނެއްގައި ފޮނި ފޯއް އުފައްދައި ވިއްކަމުންދިޔަ ބިދޭސީއަކު އަތުލައިގެންފިއެވެ. އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ އޭނާ އަތުލައިގަތީ ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭގައި ޓާސްކްފޯހުން ހިންގި ހަ...

17 Dec 2024 | 06:58

ހަޑިމުޑުދާރު ތަނެއްގައި ފޮނި ފޯއް އުފައްދައި ވިއްކަމުންދިޔަ ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ އޭނާ އަތުލައިގަތީ ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭގައި ޓާސްކްފޯހުން ހިންގި ހަރަކާތެއްގައި ކަމަށެވެ.

"ހެންވޭރުގައި ހުންނަ މި ތަނަކީ އާންމު މިންގަނޑުތަކާއި ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާތަނެއް" އިމިގްރޭޝަނުން ބުނެފައިވެއެވެ.

ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތަނުން ފެނުނު ކަމަށާއި ގަވާއިދާ ހިލާފަށް އެ މަސައްކަތް ކުރަމުންދިޔަ ބިދޭސީ މީހާ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި މައުލޫމާތާއެކު އިމިގްރޭޝުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ދޮރެއް ނެތި އާންމުކޮށް ހުޅުވާލެވައިފައިވާ މުޑުދާރު ފާޚާނާއަކާއި ފޮނި ފޯއް ތައްޔާރުކުރުމަށް ބިދޭސީ އެމީހާ ބޭނުންކުރަމުންދިޔަ އާލާތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް