އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ މައުލޫމާތެއް އެނގޭނަމަ ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

ބުރާސްފަތި ދުވަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން މިއަދު ބުނ...

17 Dec 2024 | 06:46

ބުރާސްފަތި ދުވަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެފަދަ މައުލޫމާތެއް އެނގިލައްވާނަމަ އެ މައުލޫމާތު ފުލުހުންގެ ހިދުމަތުގެ މޭޖަރ، ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންސް ޑިޕާޓްމަންޓާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ އޮފީސް ވަނީ އަނދާ ހުލިވެފައެވެ.

އަލިފާނުގެ އެ ހާދިސާގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީތެރިކަންވެސް ހޯދާނެކަން ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް