އައްޑޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ކަނޑު ބޯޓަކުން ބިދޭސީ ފަޅުވެރިއަކު ގެއްލިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ "ސީމެކްސް" ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލު ރައްޔިތެއް ކަމުގައިވާ "ރާޖް ކުމާރް" ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
"ރާޖް ކުމާރް ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ދެމެދު ކަނޑުމަތިން، ފުވައްމުލައް ސިޓީއާ އަށް މޭލު ކައިރިވެފައިވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ރާޖްކުމާރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށާފައިވާއިރު އެ ބޯޓު ރޭގެ 11:30 ހާއިރު އައްޑޫއިން ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށާއި އަދި ރޭގެ 01:15 ހާއިރު ރާޖްކުމާރު ކެޕްޓަނާ ވާހަކަދެއްކިކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް