ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ފިޔާ ޝިޕްމެންޓެއް އެތެރެކޮށްފި

ރާއްޖޭގެ މާކެޓުގައި ފިޔާގެ އަގު ބޮޑުތަނުން އުފުލިފައި ވާތީ އެކަން ކޮންޓްރޯލު ކުރަން އެސްޓީއޯ އިން ރާއްޖެ އަށް ފިޔާ ޝިޕްމެންޓެއް އެތެރެކޮށްފިއެވެ. މިކަން ހާމަކޮށް އެސްޓީއޯ އިން މިއަދު ބުނީ ފިޔާގެ އަގު ...

17 Dec 2023 | 14:12

ރާއްޖޭގެ މާކެޓުގައި ފިޔާގެ އަގު ބޮޑުތަނުން އުފުލިފައި ވާތީ އެކަން ކޮންޓްރޯލު ކުރަން އެސްޓީއޯ އިން ރާއްޖެ އަށް ފިޔާ ޝިޕްމެންޓެއް އެތެރެކޮށްފިއެވެ.

މިކަން ހާމަކޮށް އެސްޓީއޯ އިން މިއަދު ބުނީ ފިޔާގެ އަގު އުފުލެމުން އަންނާތީ އެކަން ހައްލުކުރުމަށް އެ ކުންފުނިން ފިޔާގެ ޝިޕްމަންޓެއް އެތެރެކޮށްފައިވާ ކަމަށެވެ.

އެގޮތުން އެތެރެކުރި ފުރަތަމަ ޝިމްޕްމަންޓުގައި 4،500 ބަސްތާގެ ފިޔާ އެތެރެކޮށްފައިވާ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.

ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެ ކުންފުނިން އެތެރެކުރާ ފިޔާ އާއްމުންނަށް ވިއްކާނީ ވެސް އާންމު ވިޔަފާރިތަކުން ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ އެ ކުންފުނިން އެތެރެ ކުރި ފިޔާ ވިޔަފާރިވެރިންނަށް ވިއްކާނީ، ކިލޯއަކަށް 20 ރުފިޔާއަށްވުރެ އަގުބޮޑު ނުވާނެހެން ޝަރުތު ކުރުމަށްފަހު ކަމަށެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބި ބާޒާރުގެ އަގު ކޮންޓޮރޯލް ވަންދެން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެ ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލިފައި ވަނީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އެއް ޤައުމު ކަމަށްވާ އަވަށްޓެރި އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލުމާ އެކުއެވެ.

ކުރިން ރާއްޖޭގެ ބާޒާރުގައި 18-20 އާ ދެމެދުގެ އަގެއްގައި ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިވަގުތު ވިއްކަމުން އަންނަނީ 30ރ.-35ރ. އާ ދެމެދުގައެވެ.  އަދި ފިޔާ ބަސްތާއެއް މިހާރު ލިބެނީ 800 ރުފިޔާއާ 900އާ ދެމެދުގެ އަގެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް