އެމްޑީޕީގެ މަތި އުތުރު ދާއިރާގެ ރައީސްކަމުގެ އިންތިހާބު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކާމިޔާބު ކުރައްވައިފިއެވެ.
ހއ، ހދ. އަދި ށ އަތޮޅު ހިމެނޭ މަތި އުތުރު ދާއިރާގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރުމާއިި ގުޅިގެންނެވެ.
މިއަދު ކުރިއަށް ދިޔަ މި އިންތިހާބުގައި އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމުގެ ބައި އިލެކްޝަންގައި 3000 އަށްވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވެއެވެ.
އެ މަޤާމަށް އަކްރަމްއާއެކު ދެން ވާދަކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އާއި ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އެވެ.
އަކްރަމް މަތި އުތުރު ދާއިރާގެ ރައީސް ކަމުގެ މަޤާމަށް ހޮވުމާއި ގުޅިގެން ގިނަބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް