ކ. މާފުށީގައި ޒުވާނުންނަށް ހާއްސަކޮށް ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައި ދެއްވީ ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އެވެ.
މާފުށީ ޔޫތު ސެންޓަރު އިތުރަށް ތަރައްޤީ ކުރުމަށް ފަހު ހުޅުވާފައި ވަނީ ކުޅިވަރުގެ ގިނަ ވަސީލަތްތަކަކާއެކުއެވެ.
އެގޮތުން މާފުށީ ޔޫތު ސެންޓަރުގައި ވޯލްޑް ކަޕް މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ވާއިރު، ބިލިއާޑް ކުޅޭ ދެ ބޯޑާއި، ޓޭބަލް ޓެނިސް، ރާޒުވާ، ކެރަމް ކުޅޭނެ ބޯޑެއްވެސް ހިމެނެއެވެ.
މި ޕްރޮޖެކްޓަކީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ކުރަމުން އަންނަ ރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް