ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ފޭންއެއް ކަމަށް އޭނާ ބުނެފިއެވެ.
ރޮނާލްޑޯ ބުނީ އޭނާގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅަކީ ވެސް މެސީގެ ފޭންއެއް ކަމަށެވެ. އަދި އޭނާގެ މުޅި އާއިލާ ވެސް ސަޕޯޓުކުރަނީ އާޖެންޓީނާ އަށް ކަމަށެވެ.
ރޮނާލްޑޯ ބުނީ މެސީ އަކީ އޭނާއާއި އެންމެ ވާދަވެރި ކުޅުންތެރިޔާއަށް ވުމުން ގިނަ ބަޔަކު ހީކޮށްފައި އޮތީ އޭނާ މެސީ ދެކެ ރުޅި އަންނަ ކަމަށެވެ. ނަމަވެސް އެއީ ގިނަ ބަޔަކަށް ހީވެފައި އޮތް ކުއްހީއެއް ކަމަށާއި މެސީއާއި އޭނާ އާއި ދެމެދު އެއްވެސް ރުޅިވެރިކަމެއް އަދި އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ.
އިތުރަށް ރޮނާލްޑޯ ބުނީ އޭނާގެ އަންހެނުން ޖޯޖީނިއާ އަކީ ވެސް އާޖެންޓީނާ މީހެއް ކަމަށާއި އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕުގައި އޭނާވެސް ހުރީ އާޖެންޓީނާއާއި އެކުގައި ކަމަށެވެ.
އަދި ހަމަ އެގޮތައް ރޮނާލްޑޯ ވެސް މި ފަހަރުގެ ވޯލްޑް ކަޕުގައި ސަޕޯޓުކުރަނީ އާޖެންޓީނާއަށް ކަމަށް އޭނާ ބުންޏެވެ.
" އަހަރެން ނަކީ މެސީގެ ފޭނެއް. އަދި އަހަރެންގެ ފިރިހެން ދަރިފުޅަކީވެސް މެސީގެ ފޭނެއް. އަދި އަހަރެންގެ މުޅި އާއިލާ އެންމެންވެސް ސަޕޯޓުކުރަނީ އާޖެންޓީނާއަށް." ރޮނާލްޑޯ ބުންޏެވެ.
ވޭތުވެ ދިޔަ 20 ވަރަކަށް އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި އަދި އެންމެ ވިދުން ގަދަ ދެ ތަރިންނަކީ ރޮނާލްޑޯ އާއި އެސީއެވެ. ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް ހަތް ފަހަރު މެސީ ހޯދިއިރު، ރޮނާލްޑޯ ވަނީ އެ އެވޯޑް ފަސް ފަހަރު ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް