ވޯލްޑް ކަޕް މިއަހަރުގެ ޖޫން ޖުލައިގައި ނުބޭއްވީ ކީއްވެކަން އިނގޭތަ!

ޤަތަރުގައި ކުރިޔަށްދާ މިއަހަރުގެ ވޯލްޑް ކަޕަކީ ފީފާގެ ތާރީޙުގައިވެސް ޑިސެމްބަރެއްގައި ވޯލްޑް ކަޕެއް ބާއްވާ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް ބޭއްވުނު ހުރިހާ އަހަރުތަކެއްގައިވެސް މެޗުތައް ކުރިޔަށް ގެންގޮސ...

17 Dec 2022 | 16:57

ޤަތަރުގައި ކުރިޔަށްދާ މިއަހަރުގެ ވޯލްޑް ކަޕަކީ ފީފާގެ ތާރީޙުގައިވެސް ޑިސެމްބަރެއްގައި ވޯލްޑް ކަޕެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕް ބޭއްވުނު ހުރިހާ އަހަރުތަކެއްގައިވެސް މެޗުތައް ކުރިޔަށް ގެންގޮސްފައިވަނީ ޖޫން ޖުލައި ސީޒަންގައި އެވެ. މިފަހަރުގެ ވޯލްޑް ކަޕް އަހަރުގެ ފަހުކޮޅަށް ބަދަލުކުރުމުގެ ސަބަބަކަށް ވެފައިވަނީ މިއަހަރުގެ ވޯލްޑް ކަޕް ހޮސްޓްކުރާ ޤަތަރަކީ އިރުމަތީ ގައުމުތަކުން ގައުމެއްކަމުގައިވުމެވެ.

ވޯލްޑް ކަޕް އާއްމުކޮށް ބާއްވާ ގައުމުތަކާއި ޙިލާފަށް ޤަތަރަކީ ހޫނު ގަދަ ގައުމެކެވެ. ޑިސެމްބަރަކީ ނޮދާން ހެމިސްފިޔާގެ ގައުމުތަކުގެ ފިނި މޫސުން ކަމުގައިވިޔަސް ގަތަރުގެ ހޫނުމިން އަހަރުގެ މެދުތެރެއާއި އަޅާކިޔާލާއިރު ދަށްވެގެންދަނީ އަހަރުގެ ފަހުކޮޅަށެވެ.

ޤަތަރުގައި ވޯލްޑްކަޕް އަހަރުގެ ފަހުކޮޅު ބޭއްވުމަށް އެޤައުމުން ހަމަޖެއްސުމުން ގިނަ ޤައުމުތަކަކުންވަނީ ދެކޮޅުހަދާފައެވެ. އެހެންނަމަވެސް ފީފާއިން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކުރި ޓެސްޓްތަކަކުންވެސް ސާބިތުވެގެންދިޔައީ އާއްމުކޮށް އޮންނަ ދުވަސްވަރު ޤަތަރުގައި ބޭއްވުމަކީ އެދެވިގެންވާ ގޮތެއް ނޫން ކަމަށެވެ.

ކަންމިހެން އޮތްކަމުގައިވީ ނަމަވެސް މިފަހަރުގެ ފައިނަލް މެޗް ސުކޫލް ބަންދާއި ދިމާވުމަކީ ރާއްޖޭގެ ގިނަ ބަޔަކު އުފާކުރާ ކަމެއްކަމުގައި އުފަލާއެކު ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް