އަލިފާނުގެ ހާދިސާގައި އަނިޔާވި ހަތަރު މީހަކު ފިޔަވާ އެންމެން ދޫކޮށްލައިފި: އެފްކޮން

ގުޅީފަޅުގައި އެފްކޮން ކުންފުނީގެ މުވައްޒަފުން ބައިތިއްބާ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކު ފިޔަވާ އެންމެން ދޫކޮށްލާފައިވާ ކަމަށް އެ ކުންފުނިނ...

17 Dec 2022 | 14:22

ގުޅީފަޅުގައި އެފްކޮން ކުންފުނީގެ މުވައްޒަފުން ބައިތިއްބާ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކު ފިޔަވާ އެންމެން ދޫކޮށްލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ސައިޓުގައި އަލިފާނުގެ ހާދިސާ ހިނގީ އިއްޔެ ރޭ އެވެ. މި ހާދިސާގައި78 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އެފްކޮންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭގެ ތެރެއިން 32 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު، 24 މީހަކަށް ކުދިކުދި އަނިޔާތަކެއް ލިބިގެން ފަރުވާ ދީފައިވާ ކަމަށެވެ. އަދި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އޮޕަރޭޝަން ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އެ ކުންފުނިން ބުނީ، ހާލުގައި ޖެހުނު ހުރިހާ މަސައްކަތްތެރިންނަށް އަންނައުނާއި މޯބައިލް ފޯނާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އާ އެކޮމޮޑޭޝަނަކަށް ގެންދިއުމުގެ މަސައްކަތްތައް ކުރަމުންދާ ކަަމަށެވެ.

މަސައްކަތްތެރިންނަށް ލިބެންޖެހޭ މުސާރަ ދީފައިވާ ކަަމަށާއި، އެ މުވައްޒަފުންނަށް މުސާރަ އެ އޮންނަ މުއްދަތު ތެރޭގައި ދޭ ކަމަށް ބުނެފައި ވެއެވެ.

އެފްކޮއިން ބުނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގައި457 މުވައްޒަފުން ތިބި ކަމަށެވެ. އަނިޔާވި މީހުންނާއި ސަލާމަތްވި މީހުންގެ އަދަދު ގުނި އިރު އެކަކު މަދު ކަމަށާއި އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނައި ކަމަށް ބުނެފައިވެ އެވެ.

އަދި އަލިފާން ރޯވި އެކޮމޮޑޭޝަން ބްލޮކް ބަލާ ފާސް ކުރި އިރު އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތް ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެފްކޮންގެ ބަޔާނުގައިވެ އެވެ.

މިކަމުގެ ސަބަބުން ބްރިޖު މަސައްކަތުގެ ޝެޑިއުލަށް ބަދަލެއް އައިސްފާނެ ކަމަކަށް އެ ކުންފުންޏަކުން ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް