ގުލޯބަލް އެމެޖެންސީއެއް ގޮތުގައި ކޮވިޑް ނޯންނާނެ ކަމަށް އުއްމީދު ކުރަން: ޑަބްލިއުއެޗްއޯ

2023 ވަނަ އަހަރުގެ ކޮންމެސް ހިސާބަކުން ކޮވިޑް-19 ގްލޯބަލް އެމަރޖެންސީއެއްގެ ގޮތުގައި ނޯންނާނެކަމުގެ އުއްމީދު އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ. ކޮވިޑަށް ތިންއަހަ...

17 Dec 2022 | 13:46

2023 ވަނަ އަހަރުގެ ކޮންމެސް ހިސާބަކުން ކޮވިޑް-19 ގްލޯބަލް އެމަރޖެންސީއެއްގެ ގޮތުގައި ނޯންނާނެކަމުގެ އުއްމީދު އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ކޮވިޑަށް ތިންއަހަރު ފުރުމުން ހާލަތު އޮތްގޮތް ހާމަކުރުމަށް ބޭއްވި ޖަލްސާގައި ، އުފާވެރި ކަމުގެ ކުލަވަރެއް ފެންނަ މި އުއްމީދާއި ގުޅޭގޮތުން ވަނީ ވާހަކަ ދެކެވިފައެވެ.

ކޮވިޑް-19 ގެެ ރާޅުތައް ދުނިޔޭގެ އެކި ހިސާބުތަކުން އަދިވެސް ފެނުނުކަމުގައިވީނަމަވެސް ކުރިއާ މިހާރާ ބޮޑު ތަފާތެތަކެއް ހުންނަ ކަމުގައި ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ގެ ޓެކްނިކަލް ލީޑް މަރީނާ ވާން ކޭރޙޯވޭ ވިދާޅުވިއެވެ. އަދި ކޮވިޑް ޖެހިގެން މަރުވާ ގިނަ މީހުންނަކީ ކޮވިޑްގެ ވެކްސިން ހަމަނުކޮށް ނުވަތަ އެއްވެސް ވަރަކަށް ނުޖަހާ މީހުންކަމުގައިވެސް ވިދާޅުވި އެވެ.

ކޮވިޑުގައި މުޅި ދުނިޔެއިން މިދިޔަ ހަފްތާގައި މަރުވި މީހުންގެ އަދަދު އުޅެނީ 10،000 ހާހުން ދަށުގައެވެ. މި އަދަދަކީ ކުރިޔާ އަޅާބަލާއިރު ކުޑަ އަދަދެއް ކަމުގައިވިޔަސް ތިން އަހަރުވާއިރު މިއީ އަދިވެސް ގިނަ އަދަދެއްކަމަށް ކަމަށް ޑަބްލިއުއެޗްއޯ އިން ގަބޫލު ކުރެއެވެ.

މި އަދަދުތައް މަދުކުރުމަށް ގައުމުތަކަށް ކުރެވޭނެ އެތައް ކަންތައްތަކެއް ހުރިކަންވެސް ފާހަގަކުރައްވައެވެ.

ޑަބްލިއުއެޗްއޯ އިން ޗައިނާއަށް އަދިވެސް ގޮވާލަނީ ވައިރަސްގެ ފެށުން ދެނެގަތުމަށްޓަކައި ކޮވިޑްގެ ކޭސްތައް ދުނިޔޭން ފުރަތަމަ ފެނުނު ޗައިނާގެ ވޫހަން ސިޓީއިން މައުލޫމާތު އެއްކޮށް ދިރާސާކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް