އަލިފާނުގެ ހާދިސާގެ ފަހުން އެފްކޮންގެ މުވައްޒަފަކު މަދުވެގެން ހޯދަނީ

ގުޅީފަޅުގައި ހުންނަ އެފްކޮންގެ މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ފަހުން އެކަކު މަދުވާތީ ހޯދަން ފަށައިފި އެވެ. މި ހާދިސާ ހިނގީ އިއްޔެ ރޭ އެވެ. މި ހާދިސާގައި އެ ކުންފުނީ...

17 Dec 2022 | 12:13

ގުޅީފަޅުގައި ހުންނަ އެފްކޮންގެ މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ފަހުން އެކަކު މަދުވާތީ ހޯދަން ފަށައިފި އެވެ.

މި ހާދިސާ ހިނގީ އިއްޔެ ރޭ އެވެ. މި ހާދިސާގައި އެ ކުންފުނީގެ78 މުވައްޒަފަކަށް އަނިޔާވެފައިވެ އެވެ.

އޭގެ ތެރެއިން32 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިން އިރު24 މީހަކު އެކި ވަރަށް ފިހިފައިވެ އެވެ. އަދި ހަ މީހެއްގެ ހާލު ސީރިއަސްވެގެން އޮޕަރޭޝަން ކޮށްފައިވެ އެވެ.

އޭގެ ފަހުން އެ ސައިޓުގައި މީހުން ތިބި އަދަދު ބަލައި ހެދުމަށް ފަހު އެފްކޮންއިން ވަނީ އެ މުވައްޒަފަކު މަދު ކަމަށް އަންގާފައި އެވެ. އެމީހާ އަލިފާނުގެ ހާދިސާގެ ފަހުން އެއްވެސް މުވައްޒަފަކަށް ފެނިފައި ނުވާ ކަމަށް ބުންޏެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައިޓުން އެކަކު މަދުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ ފުލުހުން ދަނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ވަށައިގެންވާ ސަރަހައްދުތައް ބަލާ ފާސް ކުރަމުން ކަމަށްް ވިދާޅުވި އެވެ.

މި މައްސަލައިގަ އެފްކޮންގެ އެދުމަށް ސިފައިން ވަނީ އަލިފާން ރޯވި އިމާރާތް އެއްކޮށް ބަލައި ފާސްކޮށްދީފައި އެވެ. އެކަމަކު އިންސާނެއްގެ ހަށިގަނޑެއްގެ އެއްވެސް ނިޝާނެއް އެތަނުގެ ތެރޭގައި ނެތް ކަމުގެ ޔަގީންކަން ސިފައިން ދީފައިވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސިފައިން ދަނީ ބަލަމުންނެވެ.

އަލިފާނުގެ ހާދިސާގެ ފަހުން އެފްކޮންގެ މުވައްޒަފުން މިއަދު ދަނީ ގުޅީފަޅުގައި މުޒާހަރާ ކުރަމުންނެވެ. އެމީހުން މުޒާހަރާ ކުރާ ސަބަބެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް