ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން މުސްތަޤްބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ: އިކްރާމް

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން ރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ. އ...

17 Dec 2022 | 11:08

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން ރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުވެރިކަން ގިނަ ޕާޓީތަކަކުން ފާޅުކޮށް ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

އިކްރާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ހުރި ބޮޑެތި މައްސަލަތަށް ހައްލުކޮށް ރާއްޖެ ހަމަޔަކަށް އެޅުވޭނީ ރައީސް ޞާލިހްއަށް އިތުރު ދައުރެއް ލިބިގެންކަމަށެވެ.

އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން ރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ޕާޓީ ޕީޕީއެމުން ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ރައީސް ޞާލިޙު ފާޅުކޮށްފައިވާއިރު ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ރިޔާސީ ޓިކެޓްވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމަށް ވަނީ ލިބިވަޑައިގެންފައެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް