އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތަށް އޮންލައިން ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.
އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓަރ ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ (18 ޑިސެމްބަރުގެ) ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓަރ ކޮށްލެވޭނެއެވެ. ރަޖިސްޓްރޭޝަން އަށް މިހާރު އެއްވެސް ފީއެއް ނުނަގާނެއެވެ.
19 ޑިސެމްބަރ 2022 ގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ ހަތަރު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް 4 މަރުހަލާއެއްގައި ވާދަކުރާއިރު، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހެއެވެ.
މުބާރާތް ކުރިއަށްދާ ލޮކޭޝަންސް:
ފުވައްމުލައް ސިޓީ – ފުވައްމުލައް ސިޓީ ޔޫތު ސެންޓަރު
އައްޑޫ ސިޓީ – އައްޑޫ ސިޓީ ޔޫތު ސެންޓަރު
ކުޅުދުއްފުށި ސިޓީ – މަންނަމް ކެފޭ
މާލެ ސިޓީ – ސަންލީޓް، ފުރަތަމަ ފަންގިފިލާ
1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ބައިވެރިންނަށް އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް ގެ ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. އިނާމުތަކުގެ ތެރޭގައި ހިމެނެނީ
- 1 ވަނައަށް ދާ ފަރާތަށް ނިކާއީ 65" ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީ
- 2 ވަނަ އަށް ދާ ފަރާތަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް)
- 3 ވަނަ އަށް ދާ ފަރާތަށް ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާ
އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި މުބާރާތެކެވެ.
އުރީދޫ ފުޓްބޯލް ފޯރީ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: http://ore.do/footballfoari ޒިޔާރަތް ކުރައްވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް