އެފްކޮންސްގެ މުވައްޒަފުން މުޒާހަރާ ކުރަނީ

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަން ފަށައިފިއެވެ. އެފްކޮންސްގެ މުވައްޒަފުން މުޒާހަރ...

17 Dec 2022 | 09:10

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަން ފަށައިފިއެވެ.

އެފްކޮންސްގެ މުވައްޒަފުން މުޒާހަރާ ކުރަމުންދަނީ ކީއްވެގެންކަން އަދި ސާފުވެފައެއް ނުވެއެވެ.

އެފްކޮންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާއިރު ގުޅީފަޅުގައި އެ ކުންފުނީގެ މުވައްޒަފުން ދިރިއުޅެމުން ދިޔަ އެކޮމޮޑޭޝަން ބްލޮކެއްގައި މިމަހުގެ 15 ވަނަ ދުވަހުގެ ރޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

ސަލާމަތީ ބާރުތަކުން އިއްޔެ ބުނީ އެ ހާދިސާ ހިނގާފައި ވަނީ 465 މީހަކު އުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކެއްގައި ކަމަށާއި އަލިފާނުގެ ހާދިސާގައި 76 މީހަކަށް ދެ ހޮސްޕިޓަލެއްގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް