އައު ސްޓްރެޓެޖީތަކަކާއެކު ޖަޕާނުން އެޤައުމު ސަލާމަތްކުރުމާއި ހަމަލާތަކުން ރައްކާތެރިކުރުމުގެ ގޮތުން އެހެން ގައުމުތަކަށް ހަމަލާ ދިނުމުގެ ގާބިލުކަން އެގައުމުގެ އަސްކަރިއްޔާއަށް ހޯދިފައިވާ ކަމުގައި ހާމަކޮށްފިއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަޕާން އަސްކަރީގޮތުން އެހާ ވަރުގަދައަށް ތައްޔާރުވާކަމަށް އެގައުމުން ހާމަކުރި މީ ފުރަތަމަ ފަހަރެވެ. މިގޮތަށް ކަނޑައެޅުމަށް ޖަޕާނަށް ޖެހިފަވަނީ ޗައިނާގެ އަސްކަރިއްޔާ ފުޅާކުރުމާއި އުތުރު ކޮރެއާގެ ނިއުކްލިއާރ ބާރުތައްވަރުގަދަކުރުމާއި ވިދިގެން އެގައުމަށް ބިރުއޮތުމުންނެވެ.
އިނގެރޭސި ވިލާތާއި ޗައިނާއަށްފަހު އަސްކަރީގޮތުން އެންމެ ބޮޑު ޙަރަދެއްކުރާ ޤައުމެއްގެ ގޮތުގައި ޖަޕާންވާއިރު ކުރިއަށް އޮތް ފަސް އަހަރުތެރޭގައި އަސްކަރީ ހިމާޔަތަށް ހަތިޔާރުތަކާއި މިސައިލް އަދި މެޝިނެރީސްތައް ގަތުންފަދަ އަސްކަރީ ތައްޔާރީތަކަށް 320 ބިލިއަން ޑޮލަރުގެ ޙަރަދުވާނެކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވެފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޖަޕާނުގެ މަގުސަދަކީ އެގައުމުގެ ޖީޑީޕީގެ %2 ހަނގުރާމައިގެ ކުރިންވާންޖެހޭ ތައްޔާރީތަކަށް ބޭނުންކުރުމެވެ.
ޖަޕާނުގެ އަސްކަރިއްޔާއިން މިހާރު ކުރަމުންގެންދާ މަސައްކަތަކީ އެޤައުމަށް އަންނަ ކޮންމެ ހަމަލާއެއްވެސް ބޭރު ތޮށިން އެތެރެވުމުގެ ކުރިން ހަލާކޮށްލެވޭނެ ގޮތްތަކެއް ގާއިމުކުރުމެވެ. އެންމެ ބޮޑެތި ރާޑަރުތައް އިނގެރޭސިވިލާތުން ގަތުމުގެ އިތުރުން ކަނޑުގެ އަސްކަރިއްޔާވެސް ވަރުގަދަކޮށް ބޮޑެތި ނައުތައް މަތިންދާބޯޓުތަކާއި މިސައިލްތައް އުފުލުމަށް ބަދަލުކުރުންފަދަ ތައްޔާރީތައް އެގައުމުން ދަނީ ވަމުންނެވެ. ކަނޑުގެ އަޑީގައި ސަބްމެރިން އޮވެ 1000 ކިލޯމީޓަރު ދުރުން ހަމަބިމުގެ ތަންތަނަށް ހަމަލާކުރެވޭ ގޮތަށް ސްބްމެރިން ބޭސްތައް އަޕްގްރޭޑް ކުރުމުގެ އިތުރުން ގައުމުގައި ހަތިޔާރުތައް އުފައްދާ މިންވަރުވެސް ދަނީ އިތުރުކުރަމުންނެވެ.
ޖަޕާނުގެ ސަލާމަތީ ބާރުތަކުގެ ވައިގެ އަސްކަރިއްޔާ އާއި ކަނޑުގެ އަދި އެގައުމުގެ ސިފައިން އެއް ޑިފެންސް ފޯސްއެއްގެ ދަށުން ތަރުތީބު ކުރެވޭނެ ގޮތް ކަނޑައެޅޭނެ ގޮތްތަށްވެސް ދަނީ އެގައުމުން ޕްލޭނެކުރަމުންނެވެ. މިކަމުގެ މައިގަނޑު ބޭނުމެއްކަމުގައިވެސް ވެފައިވަނީ ކުއްލި ހަމަލާއެއްއަންނަ ހިނދު ހަމަ އެހާއަވަހަށް އެޤައުމުގެ ސަލާމަތަށް ނިކުމެވޭނެ ނިޒާމްތަކެއް ކަނޑައެޅިފައިއޮތުންކަމުގައި އެ ގައުމުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް